ދެކުނު ކޮރެއާގެ ޑޮކްޓަރުންގެ މުޒާހަރާތައް ހުއްޓާނުލުމުން އެގައުމަށް ބޭރުން ޑޮކްޓަރުން ގެންނަން ނިންމައިފިއެވެ.

ދެކުނު ކޮރެއާގެ ސަރުކާރުގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހި އެގައުމުގެ އެތައް ހާސް ޑޮކްޓަރުންނެއް ވަނީ މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަން ފަށައިފައެވެ.

ޑޮކްޓަރުން ކުރަމުންދާ މުޒާހަރާތައް މަހަކަށްވުރެން ދިގުދެމިފައިވާ އިރު، އެގައުމުގެ ބޮޑުވަޒީރު ހަން ޑުކް ސޫ އިއްޔެ ވިދާޅުވީ ބޭރުގެ ޑޮކްޓަރުންނަށް އެގައުމުގެ ހޮސްޕިޓަލުތަކުގައި ހިދުމަތް ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޑޮކްޓަރުން މުޒާހަރާ ކުރަން ފެށި މައިގަނޑު ސަބަބަކީ ދެކުނު ކޮރެއާގެ ހޮސްޕިޓަލުތަކަށް ޑޮކްޓަރުން އިތުރު ކުރުމަށް ގިނަ ބަޔަކު ޓްރެއިން ދޭން ނިންމުމާ ގުޅިގެންނެެވެ.