ދިވެހި ފުލުހުންގެ ނަމުގައި ރާއްޖެއިން ބޭރުގެ ވަޓްސްއަޕް ނަމްބަރަކުން ސްކޭމް ކޯލުތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެއްވެސް ނަމްބަރެއް ބޭނުން ކޮށްގެން ނުގުޅާނެ ކަަމަށެވެ. މިގޮތަށް އަންނަ ފޯނު ކޯލުތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އެފަދަ ކޯލުތަކުން މައުލޫމާތު ހޯދަން އެދުނު ކަމުގައި ވީނަމަވެސް އެއްވެސް މީހެއްގެ އަމިއްލަ މައުލޫމާތު ހިއްސާ ނުކުރުމަށާއި އަދި އެފަދަ ކޯލެއް އައިސްފި ނަމަ ވަގުތުން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އެދިފައެވެ.

ޝައްކުކުރެވޭ އެއްވެސް ނަމްބަރަކުން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދިނުމަށާއިއަދި ނުދަންނަ ވީޑިއޯ ކޯލުތަކާއި ނުދަންނަ ލިންކުތަކަށްވެސް ނުފިތުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.