ބޭރުގެ ބައެއް ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނޭ ގޮތަށް ނުވަ ސަފީރަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.

ރައީސް، ސަފީރުން އައްޔަނުކުރެއްވީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި އިނގިރޭސިވިލާތަށާއި ޗައިނާއަށާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އަށާއި ބެލްޖިއަމާއި އީޔޫއަށާއި މެލޭޝިޔާއަށާއި ސްރީލަންކާ އާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކާއި ސިންގަޕޫރަށެވެ.

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސް އެރުއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.