ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި ރިޓަޔާ ކުރެއްވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމް ދީފިއެވެ.
ސިފައިންގެ ގަވާއިދު ބުނާ ގޮތުން ހިދުމަތުގައި ދެމި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެހެންވެ، އަބްދުއްރަހީމް ވަނީ 60 އަހަރު ފުރިވަޑައިގަތުމާ އެކު މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އަބްދުއްރަހީމް އައްޔަންކޮށްފައިވާކަން އެނގުނީ، އިއްޔެ އެ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގެނެވުމުންނެވެ.
އެ ބައްދަލުވުމުގެ ފޮޓޯތަކާ އެކު، މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުން އެނގޭ ގޮތުގައި، އަބްދުއްރަހީމް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުންނެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ތުރުކީވިލާތަށް ރާއްޖޭން ކަނޑައަޅާ ފުރަތަމަ ސަފީރު ކަމުގެ މަގާމު އޭނާއަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. ނަމަވެސް މިކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު