ވޯލްޑް ޓްރެވަލް އެވޯޑްސް އިން މި އިންޑިއާ ކަނޑުގައި ހިމެނޭ މަންޒިލްތަކަށް ދޭ "އިންޑިއަން އޯޝަންސް ކެޓަގަރީ"ގެ ހުރިހާ މުހިންމު އެވޯޑެއް ރާއްޖޭން ހޯދައިފިއެވެ.
ދުބާއީގައި މިއަދު ފެށި ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ރާއްޖެއަށް ހަތަރު އެވޯޑެއް ލިބިފައިވެއެވެ.
މި އެވޯޑުތަކާ ހަވާލުވެލެއްވީ ދުބާއީއަށް ވަޑައިގެން ހުންނެވި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރެއިން މުހައްމަދު އަލީ ޖަނާހުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީިގުގެ އިތުރުން ރައީސްގެ އެޑްވައިޒަރު މުހައްމަދު ހަލީލެވެ.
- އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން
ވޯލްޑް ޓްރެވަލް އެވޯޑަކީ 31 އަހަރުގެ ދިގު ތާރީހެއް އޮތް އެވޯޑެކެވެ. މި އެވޯޑަށް އިންޑިއަން އޯޝަން ގެޓަގަރީ އިތުރު ކުރި 2003 ވަނަ އަހަރުއެވެ. މީގެ ކުރިން، ރާއްޖެއިން ވަނީ ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން ހަ ފަހަރު އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ނުވަ ފަހަރު ކާމިޔާބުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު