ޖެމެއިކާގައި އިއްޔެ ބޭއްވި، ޖޭއޭއޭއޭ އޯލް ކަމާސް މީޓްގައި ވާދަކޮށް، ރާއްޖޭގެ މުހައްމަދު މިންހާލް ޝާމިނާއި ޒިވާ މޫސާ ޝަފީއުވެސް ރެކޯޑް ހަދައިފައެވެ.
ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ މިންހާލާއި ޒިވާގެ ފަރާތުން މީގެ ކުރިންވެސް ޖޫނިއާ ލެވެލްގައި އަދި ސީނިއާ ލެވެލްގައިވެސް ބޮޑެތި ކުރިއެރުންތަކެއް ފެނިގެން ގޮސްފައިވެއެވެ. މިންހާލް އިއްޔެ އާކުރީ އޭނާގެ އަމިއްލަ ރެކޯޑެކެވެ. ޖޫނިއާ ފިރިހެން 100 މީޓަރު ރެކޯޑު މިންހާލް އާކުރީ 10.73 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިންހާލް އަތުގައި ކުރިން އޮތް ރެކޯޑަކީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ 100 މީޓަރު އިވެންޓުގައި ދުވެގެން އޭނާ ހަދާފައި އޮތް ރެކޯޑެކެވެ. މިންހާލްގެ އެ ފަހަރު ޓައިމިންއަކީ 10.82 ސިކުންތެވެ.
ޒިވާ މުގުރާލާފައިވަނީ 200 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑެވެ. ޒިވާގެ ޓައިމިން އަކީ 25.60 ސިކުންތެެވެ. އެ ރެކޯޑް އެންމެ ފަހުން މުގުރާލީ އަހްނާ ނިޒާރެވެ. އަހްނާ، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި މި ރެކޯޑް ހެދީ، 25.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް