އެމެރިކާގެ އޮރެގަންގައި އަންނަ މަހު އޮންނަ ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ބާރު ދުވުންތެރިޔާ އަހްނާ ނިޒާރަށް ލިބިއްޖެއެވެ.
މިދިޔަ ދެތިން އަހަރުގައިވެސް އަހްނާ ވަނީ ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ މިދިޔަ މެއި މަހު ޗައިނާގައި ކުރިއަށްދިޔަ، އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އޭގެ އިތުރުން އިންޑިއާގައި ކުރިއަށްދިޔަ އޯޕަން ރިލޭ މުބާރާތުގައިވެސް އަހްނާ ވާދަކުރި އިރު، އޭޕްރީލް މަހު ޗައިނާގައި ކުރިއަށްދިޔަ އޭޝިއަން ބީޗް ގޭމްސްގައިވެސް އޭނާ ވާދަކުރިއެވެ. ޗައިނާގެ ސަންޔާގައި އޮތް އޭޝިއަން ބީޗް ގޭމްސްގެ ދިދަ އުފުލުމުގެ ޝަރަފުވެސް އަހްނާއަށް ލިބުނެވެ.
މޯލްޑިވްސް އެތުލެޓިކްސް (އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިން ބުނެފައި ވަނީ އަންނަ މަހު 5-9 އަކަށް އެމެރިކާގައި އޮންނަ މުބާރާތުގައި އަހްނާ ވާދަކުރަން ހަމަޖެހިފައި ވަނީ 200 މީޓަރު ދުވުމުގެ އިވެންޓްގައި ކަމަށެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް
ކޮމެންޓް