ސޯޝަލް މީޑިއާގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ މައްސަލައިގައި ހައްޔަރުކުރި ގ. ކަމަރާގޭ މުހައްމަދު ނަބީލް، 39އ (ޔާޔާ) ބައްދަށް 15 ދުވަސް ޖަހައިފިއެވެ.
"ލޫސީ"ގެ ނަމުގައި ހުޅުވާފައިވާ ޓިކްޓޮކް އެކައުންޓެއްގައި ނަބީލް ދިޔައީ އަންހެން ހެދުން އަޅައި، ބަރަހަނާ ވީޑިއޯ ހިއްސާކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދިޔަ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރި މައްސަލައިގައި ނަބީލް ވަނީ ކުރީން އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްވެސް ލިއެވެ. އޭނާ އަލުން ޓިކްޓޮކް ހަދަން ފެށީ މިނިވަންވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު