ރާއްޖެ އިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި އިތުރު މީހުން ސްކޭމް ކޮށްފައިވާނަމަ، ރިޕޯޓުކުރަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުނިން ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާފައިވާ އިތުރު ފަރާތެއްވާ ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު މިމަހުގެ 30 ގެ ކުރިން ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުންޏަކީ ގަޑި ވިއްކުމުގައި މަޝްހޫރުކަން ހޯދި މޯލްޑިވްސް ވޭވްގެ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ މޯލްޑިވްސް ވޭވް ވެރިޔާގެ ޒާޖީ އިސްމާއިލް ސުޖާއުގެ މަސްލަހަތު އޮތް ކުންފުންޏެއްކަން އެނގިފައިވެއެވެ.
މެގަޓްރޯން މޮޓޯސްގެ ފޭސްބުކް ޕޭޖުން އެނގޭ ގޮތުގައި އެ ކުންފުނިން ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ވެހިކަލް ވިއްކުމަށް އިސްތިހާރު ކޮށްފައެވެ. އެގޮތުން 30 އަށް ވުރެ ގިނަ ވެހިކަލް ވިއްކުމަށް އިސްތިހާރުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ލަގްޒަރީ ކާރުވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު