ލ. ފޮނަދޫ ބަނދަރުގެ ފަޅުތެރެއަށް ކާރެއް ވެއްޓިއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު އިރުއޮއްސުނު ވަގުތު އެ ކާރު ފޮނަދޫ ބަނދަރުގެ ފަޅުތެރެއަށް ވެއްޓުނީ، ލ. ހިތަދުއަށް ގެންދިއުމަށް ކާރު ދޯންޏަށް އަރުވަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެގެންނެވެ.

އެނގިފައިވާ ގޮތުގައި ފޮނަދޫ ފަޅުތެރެއަށް ވެއްޓިފައިވަނީ ހުދު ކުލައިގެ ކާރެކެވެ.

އެ ކާރު ފަޅުތެރެއަށް ވެއްޓިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކާރު އެއްކޮށްހެން އޮތީ ފެނު އަޑީގައެވެ.

އެނގިފައިވާ ގޮތުގައި، މިހާރު އެ ކާރު ވަނީ ފަޅުތެރެއިން ނަގައިފައެވެ.