ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ބުނެފިއެވެ.
މިދިޔަ އަަހަރު ރާއްޖެ އޮތީ 100 ވަނައިގައި "ޕްރޮބްލޮމެޓިކް" ކެޓަގަރީގައެވެ.
"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް "މިއަދު އާންމުކުރި އިންޑެކްސްގައި ރާއްޖެ ރޭންކް ކޮށްފައި ވަނީ 106 ވަނައިގައެވެ. ނުވަތަ "ޑިފިކަލްޓް"، ސްވެރިކަން ކުރަން އުނދަގޫ ގައުމެއްގެ ގޮތުގައެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ރާއްޖެއަކީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމެއްގެ ގޮތުގައި ރޭންކް ކުރީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގު ކުރި ހެއްކާ ބެހޭ ގާނޫނެވެ. ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށް ރިޕޯޓްސް ވިތައުޑް ބޮޑާސްއިން ބުންޏެވެ.
- - ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ރާއްޖެ ވަނީ ބޮޑުތަނުން ފަހަތަށް ޖެހިފައި: 2022 ވަނަ އަހަރު 82.48 މާކުހާ އެކު 57 ވަނައިގައި އޮތް އިރު 79.76 މާކުހާ އެކު މިއަހަރު ރާއްޖެ އޮތީ 80 ވަނައިގައި
- - ގާނޫނީ ގޮތުން ބަލާއިރު ރާއްޖެ މިދިޔަ އަހަރު އޮތީ 59.91 މާކުހާ އެކު 98 ވަނައިގައި މިއަހަރު އޮތީ 54.42 މާކުހާ އެކު 111 ވަނައިގައި
- - އިޖުތިމާއީ މިންގަނޑުން ބަލާއިރު މިދިޔަ އަހަރު 55.68 މާކުހާ އެކު ރާއްޖެ އޮތީ 124 ވަނައިގައި، މިއަހަރު 48.10 މާކުހާ އެކު އޮތީ 131 ވަނައިގައި
- - ސިޔާސީ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 53.75 މާކްސް ލިބުނު އިރު މިއަހަރު ލިބިފައި އޮތީ 43.48 މާކުސް. އެހެންކަމުން މިދިޔަ އަހަރު ރާއްޖެ 97 ވަނައިގައި އޮތް އިރު މިއަހަރު އޮތީ 109 ވަނައިގަ
ޚަބަރު
ޚަބަރު
ޚަބަރު