ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށަން އެ ކުންފުނިން ނިންމައިފިއެވެ.
ވެމްކޯން ރޭ ބުނީ ފޮޅާ ސާފުކޮށް ދިނުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށެވެ. އިތުރު ސަރަހައްދުތަކުގައި ވެސް އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެމްކޯއިން ބުންޏެވެ.
އެ ހިދުމަތަށް އޮތް ޑިމާންޑަށް ބެލުމަށްފަހު ހިދުމަތް ފުޅާކުރާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ގެންދަނީ ކުނިމެނޭޖުކުރުމުގެ ހިދުމަތް މިހާރު މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އަށް ސަރަޙައްދެއްގައި ފޯރުކޮށް ދެމުންނެވެ. ވެމްކޯ އިން ކުނި އުކުމުގެ ހިދުމަތް ދޭން ފެށީ 2018 ވަނަ އަހަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު