ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތު ކެއާ އާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ އަސާސީ ހިދުމަތްތައް ދިނުމަކީ ކައުންސިލްތަކަށް ލާޒިމްކޮށްފައި އޮންނަ ކަމެއް، ނަމަވެސް ފެހި ގާނޫނު އަސާސީ ވުޖޫދުވެގެން މިހާ ހިސާބަށް އައި އިރު ކައުންސިލްތަކުން އެ ޒިންމާ އެންމެ އެދެވޭ ގޮތެއްގައި ނެގިފައިނުވާ ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ މިނިސްޓްރީގެ މަަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ޝަރީފް ވިދާޅުވީ، ކައުންސިލްތަކަށް އެޒިންމާ އަދާ ނުކުރެވުމުގައި ގޮންޖެހުންތަކެއްވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ކުރަންޖެހޭ ވަަރަށް ގިނަ މަސައްކަތްތައް ހުރިކަން ފާހަގަ ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިކަމާ ގުޅިގެން ބައެއް ކައުންސިލްތަކާއެކު ދެކެވުނު ވާހަކަތަކުން އެގުނީ މި މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއްކޮށް ޕްރައިމަރީ ހެލްތު ކެއާ އާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ އަސާސީ ހިދުމަތް ދިނުމަށް މުހިއްމު މަސައްކަތްތަކެއް މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން ކުރުމުގެ މުހިއްމުކަން ވަރަށް ބޮޑުކަން،"
މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅިގެން ނިޒާމީ ގޮތެއްގައި މިިނިސްޓްރީގައި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"މިކަން މުހިއްމުވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި، އެނގިވަޑައިގަންނަވާނެ މިހާރުވެސް ޑެންގީ އަދި ޗިކުންގުންޔާ ރާއްޖޭގައި އެބައުޅޭ މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި އަދާކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނެ ފަރާތްތަކަކީ ސިޓީ ކައުންސިލްތަކާއި ރަށްރަށުގެ ރަށު ކައުންސިލްތައް،"
ޚަބަރު
ޚަބަރު
ޚަބަރު