މ. އަތޮޅުގެ ރަށަކުން އިއްޔެ ލޯންޗެއް ވަގަށް ނަގައިގެން މާލެއަށް އައި 14 އަހަރުގެ ފިރިހެން ކުއްޖާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މ. އަތޮޅުގެ ރަށެއްގައި އޮތް ސިނަމަން ހަކުރާ ރިސޯޓު ލޯންޗެއް ވަގަށް ނަގައިގެން އެ ކުއްޖާ މާލެ އައިސްފައިވަނީ އޭނާގެ 13 އަހަރުގެ ލޯބިވެރިޔާ
"އަނިޔާއިން ސަލާމަތް ކުރުމަށް" ކަމަށް ބުނެއެވެ.
ފުލުހުން މިއަދު ބުނީ، ލޯންޗުގައި މާލެ އައި ފިރިހެން ކުއްޖާ އާއިލާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ އުމުރުން 13 އަހަރުގެ ކުޑަ އަންހެންކުއްޖަކު ގެއްލިގެން އާއިލާއިން ރިޕޯޓު ކުރި ކަމަށާއި އެކުއްޖާވެސް ހޯދައިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ހިޔާ ޓަވަރެއްގައި އުޅޭ އެ އަންހެން ކުއްޖާ ފިިލާފައިވަނީ ފިރިހެން ކުއްޖާ މާލެ އައުމުންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ބަލަމުންނެވެ. ނަމަވެސް އެ ދެ ކުދިންނަކީވެސް ގާނޫނުގައި ބުނާ އުމުރު ހަމަނުވާ ކުދިން ކަމުން ޖިނާއީ އެއްވެސް ދައުވާއެއް ނުއުފުލޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު