ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ތެރޭގައި ހިމެނޭ ރަަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 61 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު