ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް، އެ ދަތުރުފުޅުގެ ތަފްސީލެއް ނުދެއެވެ. އަދި އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ވެސް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.

ރައީސްގެ ދެކަނބަލުން ވަނީ މީގެ ކުރިން ވެސް މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މާޗު މަހުގެ 24 ވަނަ ދުވަހުއެވެ.