މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުގެ ސިއްހީ ހިދުަމަތްތަކުގެ ފެންވަރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗަށް ބާރު ބޮޑުވުން ކުޑަކުރެވޭނީ އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކޮށްގެންކަމަށެވެ. އެހެންކަމުން އަތޮޅު ހޮސްޕިޓަލް ތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ.
އެ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލްތަކުން ކުރިން ނުލިބޭ ހިދުމަތްތައް ވަރަށް އަވަހަށް ފޯރުކޮށްދޭން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރޭގައި އެމްއާރްއައި، ސީޓީ ސްކޭން އަދި ޑައަލަސިސްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި މިއަހަރު ފެށިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
"މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެންދާނެ،"
އެ މަސައްކަތުގެ ދަށުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެ ހިދުމަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު