މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ "އަހާ" ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ބޮޑު ބެކްލޮގެއް އޮތް ކަމަށެވެ. ބެކް ލޮގުގައި ހުރި ފައިސާތައް އެއްފަހަރާ ދިނުމަކީ އިގުތިސޯދީ ހާލަތު އޮތް ގޮތުގެ ސަބަބުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މަސްވެރިންނަށް މިހާތަނަށް، ރައީސުލްޖުމުހޫރިއްޔާ އެމަނިކުފާނު ޒައާމަތާ ހަވާލުވެވަޑައިގަތް ފަހުން އަަޅުގަނޑަށް ލިބިފައި ހުރި އަދަދުތަކަށް ބަލާއިރު 850 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްކިއްޖެ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ބޭނުންވި ގޮތަށް މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ހަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ރޯދަމަހުގެ ކުރިން ދައްކައި ހަލާސްކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިންނަށް މިހާރު ނުދެވި ހުރީ 27 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ދައްކައި ހަލާސް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު