ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ސެނެޓު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރިޔާސަތު ބަލަހައްޓަވައިފިއެވެ.
މަލީހު ޖަމާލުގެ އެކްސް ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ޔާމިން ރިޔާސަތު ބެހެލެއްޓެވީ ސެނެޓްގެ ރުހުމާއި އެކުގައި ކަމަށެވެ. އެއީ ޕީއެންއެފްގެ ތާރީހުގައިވެސް އެ ޕާޓީގެ ސެނެޓު ބައްދަލުވުމެއްގައި ޔާމީން އިސްކޮށް ހުންނަވައިގެން ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށެވެ.
އެ ބައްދަލުވުމުގައި އަސާސީ ގަވާއިދުގައިވާ 4 ކޮމިޓީއަކަށް ބޭފުޅުން އިންތިހާބުކުރެއްވި ކަމަށާއި އޭގެ ތެރޭގައި ސުލޫކީ, އިސްތިއުނާފު, އީސީ އަދި މެންބަރު އެފްއާޒް ކޮމިޓީއަށް ބޭފުޅުން އައްޔަން ކުރެއްވި ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހުއަކީ ޔާމީންގެ ފަރާތުން އެ މަނިކުފާނުގެ އާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ.
ޕީއެންއެފް އުފެއްދުމަށް މި މަހުގެ 10ގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ އެތަނުގައި ބޭއްވުމުގެ ހުއްދަ ނުދިނުމުން ފަހުން ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސަކަށް އައްޔަނުކުރީ ޔާމީންގެ ދަރިކަލުން ޒެއިން އެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރީ މިމަހުގެ 25 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު