މިއަދަށް ފަހު ރައީސް އޮފީހުގައި ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން ނޫސްވެެރިންނަށް މަނާކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހަށް ފޯނު ވެއްދުން ނޫސްވެރިންނަށް މަނާކުރީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށެވެ. އެގޮތުން މިނިސްޓަރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ފިޔަވައި އެހެން މީހުންނަށް ފޯނު ވެއްދުން މަނާ ވާނެ ކަމަށް ވިދާޅުވިއެވެ.
ކުރިން އަންގާފައި ނެތުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުނު ނަމަވެސް ހީނާ ވިދާޅުވި ގޮތުގައި މީގެ ފަހުން ދެން ފޯނު ނުވެއްދޭނެ އެވެ.
ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރިއިރު، ފޯނަކީ ނޫސްވެރިންގެ ބައްދަލުވުންތަކަށް މުހިންމު އާލާތަކެވެ. އެގޮތުން ނޯޓުތައް ނެގުމާއި ވަގުތުން ވަގުތަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ފޯނު ވެއްދުން މުހިންމު ކަމަށް ނޫސްވެރީން ގަބޫލު ކުރެއެވެ.
ހީނާ ވިދާޅުވީ، ގަވައިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ނޫސްވެރީންނަށް ދަތިކޮށް ކަންކަން ފޮރުވުމަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު