ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާ ގުޅިގެން އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް 'މޫލީ' ބޭނުންކުރާނެ ގޮތުގެ ހާއްސަ ސެޝަނެއް ބާއްވަން ނިންމައިފިއެވެ.
އެ ޝެޝަން ބާއްވަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 3:00 ގައި އެސްއެމްއީ ހަބްގެ ދެވަނަ ބުރީގައެވެ.
އުރީދޫން މިއަދު ބުނީ، އެ ޝެޝަނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމުގައި މޫލީ ބޭނުން ކުރެވޭނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ސެޝަނެއް ކަމަށެވެ. އެ ސެޝަންގައި މޫލީ ބޭނުންކުރާނެ ގޮތާއި ބޭނުންކޮށްގެން ވިޔަފާރިތަކަށް ލިބޭނެ ފައިދާތައް ކަވަރުކުރާނެ ކަމަށް ބުންޏެވެ.
މޫލީ މެދުވެރިކޮށް ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ފޮނުވައިދެއެވެ. އެއީ ރާއްޖޭގައި އީ-ކޮމާސް ވިޔަފާރިކުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއް ޕްލެޓްފޯމެވެ. މޫލީގައި އިލެކްޓްރޮނިކްސް، ބަދިގެ ސާމާނުން ފެށިގެން ތަރުކާރިއާއި މޭވާ އަދި ލުއި ކާނާ ލިބެންހުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު