ސްރީ ލަންކާގެ ފުލުހުން 38 ކިލޯ ޑްރަގް އަތުލައިގެންފިއެވެ.
ސްރީލަންކާގެ ފުލުހުން ހިންގި ދެ ރެއިޑެއްގައި 38 ކިލޯގެ ޑްރަގް އަތުލައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅުން ހުރި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި ވާގޮތުން 30 ކިލޯގެ ޑްރަގް އަތުލައިގެންފައި ވަނީ ކޮލަމްބޯއާއި 15 ކިލޯމީޓަރު ދުރުގައި އޮންނަ ބިޔަގަމާ އަވަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ކިލޯ މެތްގެ އިތުރުން 14 ކިލޯ ހަޝިޝް އާއި 900 ގްރާމް ހެރޮއިން ކަމަށް ފުލުހުން ބުނެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ފުލުހުން މަހާރަގަމާގައި ހިންގި ރެއިޑުގައި އަތުލައިގަނެފައި ވަނީ 8 ކިލޯގެ ހެރޮއިން އެވެ. އެ ސަރަހައްދުން ފެނުނު ޑްރަގްގެ މަގުމަތީ އަގު ފަސް ލައްކަ ޑޮލަރަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ