ރާއްޖޭގައި ހަލުވިކަމާއެކު ޗިކުންގުންޔާ ފެތުރެމުންދާ ކަމަށާއި މި މަހު އެކަނިވެސް މާލެ ސަރަހައްދުން 59 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބުދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަލީލުގެ އެކްސް މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޗިކަންގުންޔާ ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަަމަށެވެ.
" ޗިކުންގުންޔާ އާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާ،" މިނިސްޓަރު ވިދާޅުވިއެވެ.
ކިޗަންގުންޔާ އަކީ ޑެންގޫހުން ފަތުރާ މަދިރިގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ފެތުރެނީ ޗިކަންގުންޔާ ޖެހިފައިވާ މީހެއްގެ ގައިން ލޭބޮއިފައިވާ މަދިރިއެއް ބަލި ނުޖެހޭ މިހެއްގެ ގައިގައި ހެފުމުންނެވެ. މަދިރި ހަފާތާ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެހެނިހެން ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ކަމަށެވެ،.
އީޑީސް މަދިރި އެންމެ ގިނައިން ހަފަނީ ހެނދުނާއި ހަވީރުގެ ވަގުތުގައެވެ.
- 39 ޑިގްރީ އިން މަތިން ހުން ގަދަވުން
- ގަދައަށް ބޮލާއި ގައިގައި ރިއްސުން
- ހުޅުހުޅު ދުޅަވުން، ހުޅުހުޅުގައި ރިއްސުން
- ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުން
- ގައިގައި ރަތް ބިހިތަކެއް ނެގުން
ޚަބަރު
ޚަބަރު
ޚަބަރު