ގައުމީ އެއާލައިން، މޯލްޑިވިއަން އިން މާލެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.
މޯލްޑިވިއަން އިން ބުނީ، އެ އެއާލައިން އިން ލަންކާއަށް ރޭ ބޭއްވި ފުރަތަމަ ފްލައިޓުގައި 150 ޕަސެންޖަރުން ދަތުރުކުރި ކަމަށެވެ.
މޯލްޑިވިއަން އިން ލަންކާއަށް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވާނެއެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު ސީދާ ދަތުރުތައް ބޭއްވުމަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ކަމަށެވެ.
ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ވިދާޅުވީ މޯލްޑިވިއަން އިން ލަންކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށާއި މިއީ ރާއްޖެއަށާއި ލަންކާއަށްވެސް މުހިންމު ރޫޓެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މޯލްޑިވިއަން އިން، ލަންކާއާ ދެމެދު ދަތުރުތައް ފެށުމުގެ ސަބަބުން އެކަމުގެ ފައިދާ ލަންކާ މީހުންނަށާއި ދިވެހިންނަށްވެސް ކުރާނެ ކަމަށެވެ. މޯލްޑިވިއަން އަށް ގިނަ ދަތިތަކެއް ދިމާވެފައިވީ ނަމަވެސް އެ ހުރިހާ ކަމަކުން އަރައިގަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި