ހެރިޓޭޖު މިނިސްޓްރީއާ ގުޅިގެން ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހެރިޓޭޖު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ، އެ މިނިސްޓްރިއާ ގުޅިގެން މި އަހަރުގެ ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކައުންސިލުން ކުރާނެ ހަރަދުތަކާއި އަދި އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.
އެ މިނިސްޓްރީގެ ފަރާތުން މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައެވެ. އެކަމަކު ރަށްތައް ކަނޑައަޅާނީ އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހަޅާ ރަށްތައް ބެލުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެ މިނިސްޓްރީގެ [email protected] މެއިލް އަށް ޕްރޮޕޯސަން ފޮނުވުމަސް ވަނީ އެދިފައެވެ.
މިނިސްޓްރީން ވަނީ އިއުލާނާ އެކު މާކްސް ދޭނެ ގޮތުގެ ލިޔުން ވެސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި އިސްރަށްވެހިންނަށް ބައިވެރިވެވޭނެ ކުޅިވަރުތައް ހިމެނުމާއި ދިވެހި ސަގާފަތް ދައްކުވައިދޭ ކުޅިވަރު ހިމަނާފައިވާ ނަމަ ވެސް މާކްސް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 17 އެވެ. އަދި ހައްޖު ދުވަހަކީ ޖޫން 16 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު