ދެކުނު ކޮރެއާގައި 76 ބުޅާ މަރާލި މީހަކު ޖަލަށް ލައިފިއެވެ.
ދެކުނު ކޮރެއާގެ އިރުދެކުނުން އޮންނަ ޗަންވޮން ޑިސްޓްރިކްޓްގެ ކޯޓުން އަންގާރަ ދުވަހު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އުމުރުން 20 އަހަރުގެ އެ ގައުމަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ހަތްދިހަ ހަ ބުޅާ މަރާލުމުގެ ކުށް އެމީހާގެ މައްޗަށް ސާބިތުވެ 14 މަސް ދުވަހަށް ޖަލަށް ލުމަށް ޗަންވޮން ޑިސްޓްރިކްޓްގެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ކޯޓުން ކުރި ހުކުމުގައި ވަނީ އެމީހާ އޭނާގެ ކާރުގައި ބުޅަލެއް ވަކި އެޅިކަމަށް ބުނެ އޭނާ ބުޅާ ދެކެ އައި ރުޅިން ބުޅާތައް މަރަން ފެށި ކަމަށް ފާހަގަކޮށްފައިވެއެވެ. އެމީހާ ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 2023 ސެޕްޓެމްބަރު މަހާ ހަމައަށް 76 ބުޅާ މަރާލައިފައެވެ.
ކޯޓުން ވަނީ އޭނާގެ ހުކުމް ލުއި ދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެނާ ކޮށްފައިވަނީ ހަޑި ހުތުރު އަމަލެއް ކަމުގައި ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ