ދުނިޔޭގެ ކުޅިވަރުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް، ލޮރިއަސް ސްޕޯޓްސް އެވޯޑު 2024ގެ ފިރިހެން އެންމެ މޮޅު އެތުލީޓްގެ މަގާމު ކާމިޔާބު ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ހޯދި އިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ސްޕެއިން ގައުމީ ޓީމުގެ އައިޓާނާ ބޮންމަޓީ ހޯދައިފިއެވެ.
އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ބޮންމަޓީއަކީ މިދިޔަ ކުޅިވަރު އަހަރުގައި އަންހެން ފުޓުބޯޅައިގައި އެންމެ ވިދުންގަދަ ތަރިއެވެ. އޭނާ ވަނީ ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ބެލޮންޑިއޯ ހޯދައި، އަންހެން ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ބޮންމަޓީއަށް އެންމެ މޮޅު އެތުލީޓު ލިބިފައިވާ ރޭ ބޭއްވި އިވެންޓްގައި އެންމެ މޮޅު ޓީމަކަށްވެސް ހޮވުނީ ސްޕެއިން އަންހެން ފުޓުބޯޅަ ޓީމެވެ. އެއީ ލޮރިއަސް އެވޯޑުގައި އެންމެ މޮޅު ޓީމު އެވޯޑު، އަންހެން ޓީމަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ޖޮކޮވިޗްގެ ކެރިއަރުގައި ފަސްވަނަ ފަހަރަށް ލޮރިއަސް އެވޯޑު ރޭ ހޯދި އިރު، އޭނާއަކީ 2023 ވަނަ އަހަރު އެންމެ ވިދުންގަދަ އެއް އެތުލީޓެވެ. މިދިޔަ އަހަރު ޖޮކޮވިޗް ވަނީ ޓެނިހުގެ އެންމެ ތާރީހީ ރެކޯޑާ ހަމަކޮށްފައެވެ. އެއީ ޖުމުލަ 24 ގްރޭންޑް ސްލޭމް ކެރިއަރުގައި ހޯދައިގެންނެވެ. އެ ރެކޯޑު ކުރިން އޮތީ މާގަރެޓް ކޯޓު އަތޔފައެވެ.
ޖޮކޮވިޗް ވަނީ މިދިޔަ އަހަރު ޓެނިހުގައި ކުޅެވުނު ބޮޑު ހަތަރު ފައިނަލުގައިވެސް ވާދަކޮށްފައެވެ. އޭގެ ތެރެއިން އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަންއާއި ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައެވެ.
ރޭ ބޭއްވި ލޮރިއަސް އެވޯޑްސް އިވެންޓްގައި މިދިޔަ އަހަރުގެ އެންމެ އުންމީދީ އެތުލީޓްގެ މަގާމު ހޯދީ އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްއެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް