މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އެކަށީގެންވާ އަދަދަކަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ވެރިކަން ކުރަމުންދާ ޕާޓީތަކަށް އިންތިހާބުތަކުގައި ވެސް އަބަދުވެސް އެޑްވާންޓޭންޖުތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ވަޒީފާ އުފެއްދުމާއި މަޝްރޫއުތައް ފެށެން ހުންނާނެ ކަމަށެވެ. އެހެންކަމުން ވެރިކަން ކުރަމުންދާ ޕީއެންސީއަށް އެކަށީގެންވާ ގިނަ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"އިންތިޒާރު ކުރެވޭ ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ނުލިބުމަކީ މައްސަލައަކަށް ވެގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ބަޔަކަށް މެޖޯރިޓީ ލިބުނު ކަމުގައިވިޔަސް ސަރުކާރަށް އުނދަގޫކޮށް، ޖެއްސުން ކުރުން ބަލައި ނުގަންނާނެ ކަމަށެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ އިންތިހާބާ ދިމާކޮށް ހުރިދާ ދިމާލެއްގައި ފައިސާ ބަހަމުންދާ ކަމަށެވެ. ގާނޫނުގައި ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވި ނަމަވެސް އެއީ އެއްވެސް ވަރަކަށް ތަންފީޒު ނުކުރެވޭ ގާނޫނެއް ކަމަށް އެ މަނިިކުފާނު ވިދާޅުވިއެވެ.
"އެއޮއްދަނީ ލާރި ބަހަމުން އެތައް މިތަނުގަ. އަޅުގަނޑު ނުބުނަން ލާރި ބެހުން ގޯހެކޭ ވެސް. ގާނޫނުގަ ގޯހެކޭ ބުނީމަ ގޯސްވީ. އެކަމަކު ފުލުހުންނަށް ނުވަތަ ދައުލަތަށް ތަންފީޒުނުކުރެވޭ ގާނޫނު ހަދައިގެން ކީއްތޯ މި ކުރަނީ" ޔާމީން ވިދާޅުވިއެވެ.
"އެއޮއްދަނީ ހަމަ ހުރިހާ ދިމާލެއްގަ ލާރި ބަހަމުން، ހަމަ ވޯޓުލާ ކޮންމެ މީހަކަށް 5،000 ބަހާ ތަންތަން އެބަހުރި، 5،000 އަށްވުރެ ގިނައިން ބަހާ ތަންތަން އެބަހުރި."
ޚަބަރު
ޚަބަރު
ޚަބަރު