ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސްކޮޅު ދެއްކި މީހަކާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލުމުގެ އިތުރުން ވޯޓުލުމަށް ހުރަސް އެޅި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫޓައިޑް"ގެ މައުލޫމާތު ހިއްސާކުރުމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އޮޕަރޭޝަން ބްލޫޓައިޑްގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އެއީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރިން ދެ މީހަކު" ފުލުހުން ބުންޏެވެ.
އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވޯޓުލާ މަރުކަޒުތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދިޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.
"އޮޕަރޭޝަން ބްލޫޓައިޑް" ގައި ފުލުހުން ދަނީ މާލެ އާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ބޮޑީވޯން ކެމެރާ ވެސް ބޭނުން ކުރަމުންނެވެ.
ޚަބަރު
ޚަބަރު