ފިލިޕީންސްގެ ފުލުހުން ހިންގި ރެއިޑެއްގައި 1.8 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
އެ ގައުމުން ރައީސް ފާޑިނަންޑް މާކޯސް އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ، ފުލުހުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތް ކަމަށެވެ. މިއީ ފިލިޕީންސްގެ ފުލުހުންނަށް މި ބާވަތުގެ މަސްތުވާތަކެތި އެންމެ ގިނަ އަދަދަކަށް އަތުލައިގަނެވުނު ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނި ގޮތުގައި، އެ ތަކެތި އަތުލައިގަތީ ވެރިރަށް މެނީލާގެ ބަޓަންގަސް ޕްރޮވިންސުގައި ދުއްވާފައި ދިޔަ ވޭނެއްގެ ތެރެއިން ކަމަށެވެ. އަދި އަތުލައިގެން ތަކެތީގެ އަގު 230 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބުންޏެވެ.
ރައީސް ފާޑިނަންޑް ވިދާޅުވީ، އެ މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނަކީ އެ ގައުމުގައި މިހާތަނަށް އެންމެ އަމާންކަމާއެކީ ހިންގުނު އޮޕަރޭޝަން ކަމަށެވެ. އެގޮތުން އޮޕަރޭޝަންގައި އެއްވެސް މީހަކަށް އަނިޔާވެ ނުވަތަ އެއްވެސް މީހަކު މަރުވެފައި ނުވާއިރު މައްސަލައާ ގުޅިގެން ހައްޔަރުކުރީ ވޭން ދުއްވަން އިން ޑްރައިވަރު ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ