އިއްޔެ މެންދުރުފަހުން ފެށިގެން ރޭ އިރާކޮޅާ ހަމައަށް މާލެއަށް ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ފަސް ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 85 ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ތަނުން އުޅެން ދަތިވާ ވަރަށް ނުވަ ގެޔަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ގެއެއްގެ 34 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންކަންވެސް ހަމަޖައްސައިދޭނެ ކަމަށެވެ.
"މި ފަސް ތަނުގައި ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާހާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ވަނީ ލީކުވެފައި" އެންޑީއެމްއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ މިއަދަކީ ސްކޫލުތަކުގެ އިމްތިހާނުވެސް ފެށޭ ދުވަހެއް ކަމުން ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ޖަހާފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު