މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލާލި ނަމަވެސް އަޟްހާ އީދަށް އެއަށްވުރެ ގިނަ ރަށްރަށް ދިއްލާލަ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި ވެރިކަންކުރާ ރަށްތައް ފިތުރު އީދަށް ދިއްލުން ފައްޓަވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު އީދުގެ އުފަލުގައި ބައިވެރިވެ އީދުގެ އުފާ ފާޅުކުރަންޖެހޭ ކަމަށާއި އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް އެ މަނިކުފާނު ނިންމެވި އެއް ސަބަބަކީވެސް އެއީ ކަމަށެވެ.
އަދި މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލާލާފައިވާއިރު، އެހެން ރަށްރަށުންވެސް އީދަށް ދިއްލާލުމަށް އެދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރުވެސް ވަރަށް ގިނަ ރަށްތަކުން ރިކުއެސްޓް އާދޭ އެ ރަށްތަކުގައި އީދު ލައިޓް ހަރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، މި އަންނަ އަހަރަށް އަދި އަޟްހާ އީދަށް ދިއްލާ ރަށްތައް މިއަށްވުރެ ގިނަ ކުރާނަން" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު