ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓު، ވީއައިއޭއިން 4.5 ކިލޯ ޑްރަގު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ މިރޭ ހިއްސާކުރި މެސެޖެއްގައި ބުނީ، މާޗު މަހުގެ 15 ވަނަ ދުވަހު ވީއައިއޭއިން އުސޫލުން ބޭރުން، ބޭރު ކުރަން އުޅުނު ލަގެޖްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި މެތު ހުރި މައްސަލައެއްގައި ޕާކިސްތާން މީހަކާއި އެމްއޭސީއެލްގެ ދެ މުވައްޒަފަކާއި އެ ދެ ލަގެޖާ ހަވާލުވާން ދިޔަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދު މުއްދަތު އިތުރު ކުރުމަށް ގެންދިޔުމުން، އެ މައްސަލައިގައި ހިމެނޭ އެންމެ އިސްމީހާ ކަމަށް ބެލެވޭ އެމްއޭސީއެލް ސީނިއާ މުވައްޒަފު، ސަރުތުކޮށްފައި ދޫކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެއީ ޖިނާއި ބޮޑު ތަހުގީގެއް ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ގިނަ މުވައްޒަފުންތަކެއް ހިމެނޭ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު