އއ. ރަސްދޫ މިސްކިތެއްގެ ފާހާނާ ތެރޭ ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލަ ބަލަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްދޫގައި މި ވަގުތު ހަރަކާތްތެރިވަމުން ދަނީ ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯގައި ފެންނަ ގޮތުގައި، މިސްކިތެއްގެ ފާހާނާ ތެރޭގައި ހުރި އެ ކުއްޖާއަށް ހަތަރު ވަރަކަށް ކުދިންގެ ގްރޫޕަކުން ވަނީ ހަމަލާދީ އަނިޔާކޮށްފައެވެ. ނަމަވެސް އެ ހަމަނުޖެހުން ހިނގީ ކޮން ސަބަބަކާ ގުޅިގެންކަން ސާފެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި، ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ރޭ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު