އެމެރިކާގެ ބައެއް ސިޓީތަކަކަށް ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި، ހުކުރު ދުވަހުގެ ހެނދުނު އެ ގައުމުގެ އިރުއުތުރުގެ ސަރަހައްދުތަކަށް އައިސްފައިވަނީ 4.8 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. ބިންހެލުން އައިސްފައިވަނީ ނިއު ޔޯކުގެ ހުޅަނގުން 45 މޭލު ދުރަށް ބިމުގެ ފަސް ކިލޯމީޓަރުގެ އަޑިއަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއީ ވޭތުވެދިޔަ 50 އަހަރު އެ ގައުމަށް އައި އެންމެ ބާރުގަދަ ބިން ހެލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުމުގެ އަސަރު ނިއު ޔޯކުގެ އިތުރުން ފިލެޑޯފިއާ އާއި މެންހަޓަންގެ އިތުރުން އެހެން ސިޓީތަކަށް ކޮށްފައިވާއިރު ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް ސިޓީތަކުގެ އިމާރާތްތަކަށް ގެއްލުންތަކެއް ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަމާބެހޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 4.8 މެގްނިޓިއުޑްގެ ބިންހެލުމަށް ފަހު ގިނަ ލޮޅުންތަކެއް އައެވެ.