މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަހުމަދު އަޝްފާން އައްޔަންކޮށްފިއެވެ.
އިމިގްރޭޝަނުން ފޭސްބުކުގައި މިރޭ ކުރި ޕޯސްޓެއްގައި ވަނީ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަޝްފާން އައްޔަންކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައެވެ.
އަޝްފާނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެއެވެ. ދަގަނޑޭއާއެކު ގައުމީ ޓީމުގައި ވެސް ދުވަސްތަކެއް ހޭދަކުރި އަޝްފާން ފެނިގެންދިޔައީ ޑިފެންޑަރެއްގެ ގޮތުގައެވެ. ރާއްޖެއަށް ފުރަތަމަ ފަހަރަށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ސްކޮޑުގައި ވެސް އަޝްފާން ހިމެނުނެވެ.
ގައުމީ ޓީމުގެ އިތުރުން އަޝްފާން ވަނީ ފުރަތަމަ ޑިވިޝަންގެ ބޮޑެތި ކްލަބުތަކަކަށް ވެސް ކުޅެފައެވެ. އެގޮތުން ވިކްޓަރީ ސްޕޯޓްސް ކްލަބު، ވީބީ ސްޕޯޓްސް ކްލަބު، ބީޖީ ސްޕޯޓްސް ކްލަބު އަދި ކްލަބު ގްރީން ސްޓްރީޓްސް އިން ވެސް އަޝްފާން ފެނިގެންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު