ދެކުނު ކޮރެއާގެ ވޯޓުލާ ސަރަހައްދުތަކުން 40 ސްޕައި ކެމެރާ ފެނިއްޖެއެވެ.
އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ދެކުނު ކޮރެއާގެ އާންމު އިންތިހާބަށް ތައްޔާރު ވުމުގެ މަސައްކަތް އޮފިޝަލުން ކުރިޔަށްގެންދާ އިރު، އެގައުމުގެ ވޯޓުލާ ސަރަހައްދުތަކުގައި ސްޕައި ކެމެރާ ހަރުކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވެއެވެ.
އޮފިޝަލުން ވަނީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތުގައި އުޅުނު ދެ މީހުން ހައްޔަރުކޮށްފައިވާ އިރު، މިހާތަނަށް ކުރި ތަހުގީގުން އެކަން ކުރުމުގެ މުގުލުގައި ހުރީ އެގައުމުގެ މަޝްހޫރު ޔޫޓިއުބަރެއް ކަމަށް ބުނެފައެވެ.
ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެގައުމުގެ އެކި ސަރަހައްދުތަކުގައި 40 ކެމެރާ ހަރުކޮށްފައިވެއެވެ. އެކެމެރާތައް ހަރުކޮށްފައި ހުރީ ވޯޓުލާ ސަރަހައްދުގެ އިތުރުން ވޯޓު ގުނާ ސަރަހައްދުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން އަންނަނީ އެ މަސައްކަތުގައި ބައިވެރިވި ދެމީހުންނާއި ޔޫޓިއުބަރު ހައްޔަރުކޮށް ދައުވާކުރުމަށް ފޮނުވުމަށް ތައްޔާރުވަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ