މެލޭޝިއާގައި އިޒްރޭލު މީހަކަށް ހަތިޔާރު ފޯރުކޮށްދިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފައި ވަނީ އެގައުމުގެ ހޮޓަލެއްގައި އުޅުނު އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވި މީހަކަށް ހަތިޔާރު ފޯރު ކޮށްދިން ތިން މީހުންނެވެ.
މެލޭޝިއާގެ ފުލުހުން ވަނީ އިޒްރޭލު މީހާ ހައްޔަރުކޮށް ބަލައި ފާސް ކުރުމުން ހަ ބަޑި އާއި 200 ވަޒަށް ފެނިފައިވާ ކަމަށް ބުނެފައެވެ.
އެ މީހާ މެލޭޝިއާއަށް އެތެރެވެފައި ވަނީ ޔޫއޭއީން މިދިޔަ މަހުގެ 12 ވަނަ ދުވަހު ފްރާންސް ޕާސްޕޯޓެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ. މިހާތަނަށް ބެލިބެލުމުން އެ ޕާސްޕޯޓަކީ ވެސް ފޭކު ޕާސްޕޯޓެއް ކަމަށް ފާހަގަވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލުހުން، އެ މީހާއާ ސުވާލުކޮށް ތަހުގީގު ފަށާފައިވާ އިރު، މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކުން އެމީހާ ހަތިޔާރު ގަނެފައިވަނީ ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލުހުން އެ މީހާ ހައްޔަރު ކުރީ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކަކަށް ބިނާކޮށް ކަމަށާއި އެ މީހާގެ މަގުސަދު އަދި ސާފުވެފައިނުވާ ކަމަށް ވެސް އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ