އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއިން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް، އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެންގެވުމަށްފަހު، ފިތުރު ޒަކާތް ބެނާއަށް ފިތާލާށެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ހިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާށެވެ.
އޭގެ ފައިސާ ދެއްކުމަށް އެމްފައިސާ ހިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލައިގެން، އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެއެވެ.
މި އަހަރުގެ ފިތުރު ޒަކާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަލައިގަންނާނެއެވެ.
އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވުމަށް:
http://ore.do/zakat
ޚަބަރު
ޚަބަރު
ޚަބަރު