ދެކުނު އެފްރިކާގައި ބަހެއް އެކްސިޑެންޓްވެ 45 މީހުން މަރުވެއްޖެއެވެ.

ދެކުނު އެފްރިކާގެ ލިމްޕޯޕޯ ޕްރޮވިންސުގައި ބުރާސްފަތި ދުވަހު ހިނގި އެހާދިސާގައި 45 މީހުން މަރުވި، އިރު ސަލާމަތް ވެފައިވަނީ އުމުރުން އަށް އަހަރު އަންހެން ކުއްޖެއް އެކަނި ކަމަށް އޮފިޝަލުން ބުނެއެވެ.

ދެކުނު އެފްރިކާގެ މީޑިއާއިން ވަނީ ސަލާމަތްވި ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ރިޕޯޓު ކޮށްފައެވެ.

ބަސް ދަތުރުކުރަމުން ދިޔައީ ކްރިސްޓިއަން ދީނީ ހަފުލާއަކަށް މީހުން ގޮވައިގެން އެގައުމުގެ ގަބްރޯން އިން ބޮޓްސްވާނާ އަށް ކަމަށް އޮފިޝަލުން ބުނެއެވެ.

އެކްސިޑެންޓު ވެފައިވަނީ ބަސް ދުއްވަމުން ދިޔަ ވަގުތު މަގުގެ އަރިމަތީގައި ޖަހާފައި ހުރި ފެންސުތަކުގައި ޖެހި ކަހާލަައިގެން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އެހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.