މި ރޯދަމަހުގެ ފުރަތަމަ 10 އެއްގައި ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން މިރޭ ބުނީ ފިތުރު ޒަކާތް ބަލައި ގަންނަން ފެށީ މިމަހުގެ 11 ވަނަ ދުވަހު ކަމަށާއި ފުރަތަމަ 10 އެއްގައި ފިތުރު ޒަކާތުގެ ގޮތުގައި 1،599،113ރ. ލިބިފައިވާ ކަމަށެވެ.
ޒަކާތު ހައުސްއިން މީގެ ކުރިން ބުނެފައިވަނީ އޮންލައިންކޮށް ޒަކާތު ފައިސާ ދެއްކޭނީ ދިރާގު ޕޭ، އެމްފައިސާ، ފައިސާ މޯބައިލް، ބީއެމްއެލް ޕޯޓަލް، ފަހިޕޭ އެޕްލިކޭޝަންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭއިންނެވެ. ބަނޑޭރި ޕޭއިން ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ޒަަކާތް ދެއްކޭނެއެވެ.
ސަރުކާރުން ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށްފައި ވުމުން މި މަހުގެ 31 އިން އަންނަ މަހުގެ ނުވަޔަކަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށްވެސް ޒަކާތު ހައުސިން އިން ބުނެފައިވެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދަކީ އާދައިގެ ހަނޑޫނަމަ 12 ރުފިޔާއެވެ. ތައިލެންޑް ހުދު ހަނޑޫނަމަ 70 ރުފިޔާއެވެ. ރަތް ހަނޑޫ ނަމަ 80 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ ނަމަ 70 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ ނަމަ 100 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ އެންމެ މޮޅުނަމަ 125 ރުފިޔާއެވެ. އާދައިގެ ފުށް ނަމަ ދިހަ ރުފިޔާއެވެ. އަދި އާޓާ ފުށް ނަމަ 75 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު