މި އަހަރުގެ ރޯދަމަހުގެ ފަހު 10ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން މެންދުރު 12:00 އަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށާއި ހިދުމަތްތައް އަދި ބޭންކުގެ ކޮންޓެކކްޓް ސެންޓަރު އަދި ޗެނަލްތައް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމަށް ބުންޏެވެ.
ބީއެމްއެލް އިން ބުނީ، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް ހުށަހަޅާ ހުށަހެޅުންތަކާއި ޗެކް ޕްރޮސެސް ކުރުމާއި ޕޭ ރޯލް އަދި ބަލްކް ޓްރާންްސްފާސްގެ އިތުރުން ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސްތައް ރޯދަމަހުގެ ފަހު 10ގެ ހެނދުނު 10ގެ ކުރިން ހުށަހަޅައިފި ނަމަ ޕްރޮސެސް ކުރާނެ ކަމަށެވެ.
އެހެން ބޭންކުތަކުގެ ޗެކްތައް ޕްރޮސެސް ކުރާނެ ވަގުތުތައް:
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު