ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މއ. ޕެރީހީލިއަން، އަކްރަމް އަދީލް ސައީދު، 25އ. ގެއްލިގެން ހޯދަން ފެށީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:15ގެ ފަހުން އޭނާގެ ހަބަރެއް ނުވެގެން، އާއިލާއިން ރިޕޯޓް ކުރުމުންނެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ އޭނާ މިހާރު ދިރިއުޅޭ ގެ، ހުޅުމާލެ ފޭސް ދޭއްގެ ހިޔާފްލެޓްގެ އެޗް 15 އިންނެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަކްރަމް ރޭގެ ވަގުތެއްގައި ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނީ ކޮންތަނަކުން ކަމެއް އަދި އެކަމުގެ އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު