މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޯދަ މަހަށް ހާއްސަކޮށް "މިންހެޔޮ ހިތްހެޔޮ" ނަމުގައި ތަށިބަރި ހަރަކާތެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
މި ހަރަކާތް ފަށާފައިވަނީ ރޯދަ މަސް ފެށުމުގެ ކުރިން، މި މަހުގެ ހަތް ވަނަ ދުވަހުއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީނިއާ އޮފިސަރު، އޮކިއުޕޭޝަން ސޭފްޓީ، މަރްޔަމް އިފާ ވިދާޅުވީ ތަށިބަރަކި ހަރަކާތަކީ ރޯދައާ ދިމާކޮށް ކުރިއަށް ގެންދެން ނިންމި ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށެވެ. މިއީ އެމްއޭސީއެލުން މުޅިން އަލަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އިފާ ވިދާޅުވިއެވެ.
"މިއަހަރުގެ ޝިއާރަކަށް މީނީ މިންހެޔޮ ހިތްހެޔޮ ތަށިބަރި މޫވްމެންޓު ނަމުގައި ކިޔާފައި މި އިންނަނީ. އަޅުގަނޑު މިން ހެޔޮ މި މާނަކުރަނީ ބެލެންސް ޑައިޓަކާ އެއީ އަސްލު ސިއްހީ ގޮތުން ފައިދާ ހުރި ކާނާ މިން ހަމަ ގޮތެއްގެ ކެއުމަށް. ދެން ހިތްހެޔޮ އިންނަނީ އެއްކަލަ ޔުނިޓީ އެމޯންގް ސްޓާފް. އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރޭގަ އެކުވެރިކަމާ ގުޅުން ބަދަހިކޮށްދޭން އެގޮތަށް މި ހުންނަނީ ހިތްހެޔޮ މާނަ ކޮށްފައި" އެމްއޭސީއެލްގެ ސީނިއާ އޮފިސަރު، އޮކިއުޕޭޝަން ހެލްތު، ފާތިމަތު އިނާޔާ އަހުމަދު ވިދާޅުވިއެވެ.
އިނާޔާ ވިދާޅުވީ އެމްއޭސީއެލްގެ ފަރާތުން ފަސް ތަށިބަރި މުވައްޒަފުންނަށް ދޫކޮށްފައިވާ ކަމަށެވެ. މިއަހަރު ތަށިބަރި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެމްއޭސީއެލްގެ މުވައްޒަފުންގެ މެދުގައި ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މީހުންގެ ބައިވެރިވުމާއެކު ތަށިބަރި ހަރަކާތް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އިފާ ވިދާޅުވީ ތަށިބަރީގައި ވީހާވެސް ތެޔޮމަދު ކާނާގެ ބާވަތްތައް ހިމެނުމަށް ބާރު އަޅާ ކަމަށެވެ. އަދި ލޮނުރަހަގަދަ ކާތަކެއްޗާއި ފޮނިކާތަކެތި މަދުކުރުމަށް ވެސް ބާރުއަޅާ ކަމަށް އިފާ ވިދާޅުވިއެވެ.
"ފުރުޓްސް ވެޖިޓަބަލްސް އޭގެ ތެރޭގައި ގިނައިން ހިމަނައިގެން މިން ހަމަ ކެއުމެއް އެންމެންގެ ތެރޭގަ ޕްރޮމޯޓު ކުރުމަށް" އިފާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު