މި ރޯދަމަހުވެސް އުރީދޫގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ދަށުން ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްގެން ރޯދަ ހަދިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ހިންގަމުންދާ މަހެކެވެ. އެގޮތުން އުރީދޫގެ ރޯދަ ހަދިޔާ ޕްރޮމޯޝަނަކީވެސް ފާހަގަކޮށްލެވޭ ހަރަކާތެކެވެ.

އެ ޕްރޮމޯޝަންގެ ދަށުން އުރީދޫގެ މޮބައިލް ކަސްޓަމަރުން 500 ރުފިޔާގެ ޑޭޓާ ޕެކަށްވުރެ މަތީ ޕެކެއް ނެގުމުން ރޯދަ ހަދިޔާގެ ގޮތުގައި 60 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބެއެވެ.

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރަމުން އަންނަ އުރީދޫ ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާ އެ އޮފާ ރޯދަމަސް ނިމެންދެން ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.