އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޮންމެތަނަކު ހުރެވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

އެގޮތުން ޒަކާތް ދެއްކުމަށް ބޭނުންވާ ކަސްޓަމަރުންނަށް [ބީއެމްއެލް ޒަކާތް ޕޯޓަލް ލިންކް](https://zakaaiy.bankofmaldives.com.mv) މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށާއި އެ ލިންކު މެދުވެރިކޮށް ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ރޭ 12:00 (އޭޕްރީލް މަހުގެ ހަވަނަ ދުވަހުގެ ރޭ 12:00) އާ ހަމައަށް ބީއެމްއެލް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ.