ރެސިޑެންޝަލް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖު އަޕްގްރޭޑް ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފިއެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ފައިބާ 5އެމް ސްޓާޓާ އިން ފެށިގެން ފައިބާ 30އެމް ބޭސިކް ޕެކޭޖުތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެ ކަމަށާއި އެ އޮފާއާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށެވެ. އަދި އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖުގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ހިޔާރު ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ޕްރޮމޯޝަނާ ގުޅޭގޮތުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް މެނޭޖަރު ހަސަން ޝާރިހު އާދަމް ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އާ އޮފާ ތައާރަފުކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ޕްރޮމޯޝަންގެ ސަބަބުން އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ އެލަވަންސްތަކާއެކު ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ މި އޮފާގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިވެގެން ދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މިއަހަރު ދިރާގުން ވަނީ ދިރާގު އެޕް މެދުވެރިކޮށް ރަމަޟާން މަހަށް ހާއްސަ ފަސް އޮފާއެއް ތައާރަފުކޮށްފައެވެ. އެ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު https://bit.ly/3OFzqeL ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު