އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ފިތުރު އީދު ދުވަހުވެސް މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގެ ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.

  • މާފަންނު ސްޓޭޑިއަމް
  • އިސްލާމީ މަރްކަޒު
  • ކިންގް ސަލްމާން މިސްކިތް
  • ވިލިމާލެ ފުޓްބޯޅަ ދަނޑު
  • ހުޅުމާލެ ސިންތަޓިކް ޓްރެކް
  • ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމް

އިސްލާމިކް މިނިސްޓްރީން ވަނީ، އީދު ނަމާދުކުރާ ތަންތަން ތައްޔާރުކުރުމުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަމަޖައްސައިދޭނެ ބަޔަކާއި އީދު ނަމާދުގެ ސައުންޑް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ މި އަހަރުގެ އީދު ނަމާދުކުރާ ގަޑި ހެނދުނު 7:00 އަށް އަވަސް ކުރުމަށް މަޝްވަރާތައް ކުރަމުންނެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ 10 އެވެ.