ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ތައްޔާރުކުރި ސީޕްލޭން އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ އުފުލައިފިއެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ، އިމަޖެންސީ ފަރުވާ ބޭނުންވި މީހަކު ދ. ކުޑަހުވަދޫން މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ. މިއީ ސީޕްލޭން އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އެ ބޯޓު މިދިޔަ ހުކުރު ދުވަހު ތައްޔާރުކޮށް ހިދުމަތަށް ނެރުނު ފަހުން އުފުލި ފުރަތަމަ ބަލި މީހާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިއްހީ ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކޮށް ހިދުމަތް ފެށީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ހިދުމަތުގައި ބޭނުން ކުރަނީ މޯލްޑިވިއަންގެ ސީޕްލޭންއަކާއި ޑޭޝް-8ގެ މަތިންދާ ބޯޓެކެވެ. އެ ދެ ބޯޓުގައިވެސް އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ފަރުވާއަށް ދެވޭނެ އާލާތްތަކާއި ބޭސް ހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އެ ދެ ބޯޓުގެ ތެރެއިން ސީޕްލޭން ދަތުރުކުރާނީ ދުވާލު ވަގުތު އެކަންޏެވެ. އޭގައި އުފުލޭނީވެސް އެންމެ ބަލި މީހެކެވެ. މަތިންދާބޯޓުގައި ދެ މީހުން އުފުލޭއިރު، މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް އެ ބޯޓުގައި މެޑިކަލް 25 ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު