ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ގުރުއަތު ނެގުން އޮންނާނީ އަލްހާ އީދު ދުވަހު ކަމަށް އެ ކުންފުނިން ބުނެފިއެވެ.
"ވިން އަ ޓެސްލާ" ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން ލޯންޗުކުރި ހަރަކާތެކެވެ.
"ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވުމަށް ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް އެންރޯލް ކުރަން ހުޅުވާލިއެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. އެގޮތުން ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30 އެމްއިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ފުރުސަތު ދީފައިވެއެވެ.
ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގައި ދިނުމަށް ހަމަޖެހިފައިވަނީ ޓެސްލާ މޮޑެލް 2 ގެ ކާރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު